އަފްޣާނިސްތާން
Republic of Afghanistan افغانستان (ފަންވަތް:Lang-prs) د افغانستان امارت (Pashto: Də Afġānistān Islāmī Imārat) | |
---|---|
ގައުމީ ސަލާމް: Milli Surood | |
ވެރިރަށް and largest city | Kabul |
ރަސްމީ ބަސްތައް | Dari (Persian), Pashto[1] |
ޑިމޮނިމް | Afghan[alternatives] |
ސަރުކާރު | Islamic Emirate or Interim administration |
October 1747 | |
• Independence from the United Kingdom | August 19, 1919 |
ސަރަޙައްދު | |
• Total | 647,500 km2 (250,000 sq mi) (41st) |
• Water (%) | negligible |
އާބާދީ | |
• 2009 estimate | 28,150,000[3] (37th) |
• 1979 census | 13,051,358 |
• Density | 43.5/km2 (112.7/sq mi) (150th) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $21.388 billion[4] (96th) |
• ބޮލަކަށް ޖެހެނީ | $760[4] (172nd) |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $11.709 billion[4] |
• ބޮލަކަށް ޖެހެނީ | $416[4] |
އެޗްޑީއައި (2007) | 0.345 low (174) |
ފައިސާ | Afghani (AFN) |
ޓައިމް ޒޯން | ޔޫޓީސީ+4:30 (D†) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | 93 |
އައިއެސްއޯ 3166 ކޯޑް | AF |
އިންޓަރނެޓް ޓީއެލްޑީ | .af |
އަފްޣާނިސްތާން ގެ ފުރިހަމަ ނަމަކީ އިސްލާމިކް ރިޕަބްލިކް އޮފް އަފްޣާނިސްތާން އެވެ. އަފްޣާނިސްތާން އޮންނަނީ އޭޝިޔާގެ މެދުތެރޭ ގައެވެ. އަފްޣާނިސްތާން އޮންނަ ހިސާބުގެ ގޮތުން ބައެއް ފަހަރު މެދުތެރޭ އޭޝިޔާ ގެ ގައުމެއްގެ ގޮތުގައި ބެލެވެއެވެ. އަނެއް ބައި ފަހަރު ދެކުނު އޭޝިޔާގެ ގައުމެއްގެ ގޮތުގައި ބެލެވެއެވެ. އަދި އަނެއްބައި ފަހަރު މެދުއިރުމަތީގެ ގައުމެއްގެ ގޮތުގައި ބެލެވެއެވެ. މިހާރު އަފްޣާނިސްތާނަށް ވަނީ ދެކުނު އޭޝިޔާގެ ސަރަޙައްދީ އެއްބާރުލުމުގެ ޖަމްޢިއްޔާ (ސާކް) ގެ މެންބަރަކަށްވެފައެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއް
[އުނިއިތުރު ގެންނަވާ]އަފްޣާނިސްތާނުގެ ރަސްމީ ބަހަކީ ދާރީ (ފާރިސީ) ބަހާއި ޕޮޝްތޫ ބަހެވެ. އިނގިރޭސި ބަހުން އަފްޣާނިސްތާނު މީހުންނަށް ކިޔަނީ އަފްގާންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކާބުލްއެވެ. އަފްޣާނިސްތާނުގެ ވެރިރަށަކީ ވެސް ކާބުލްއެވެ. އަފްޣާނިސްތާނަކީ އިސްލާމީ ޖުމްހޫރީ ތިއޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 28 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 44 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.6 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ af. އެވެ. ކޯލިން ކޯޑަކީ +93 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އަފްޣާނީއެވެ.
ނަން
[އުނިއިތުރު ގެންނަވާ]އަފްޣާނިސްތާން ގެ މާނައަކީ އަފްޣާނުންގެ ބިން މިއެވެ. “އަފްޣާން” މިނަން ވަރަށް ކުރީގެ ލިޔުންތަކުގައި ވެސް ފާހަގަ ކުރެވިފައިވެއެވެ. އަފްޣާނިސްތާނުގެ މީހުން އެއްބައިވަންތަ ކުރުވުމުގެ ގޮތުން “އަފްޣާން” އައިޑެންޓިޓީ އެންމެ ފުރަތަމަ ބޭނުންކުރެއްވި ބޭފުޅަކީ އަޙްމަދު ޝާހް ދުއްރާނީއެވެ. އަފްޣާނިސްތާނު، މި ނަން 16 ވަނަ ޤަރުނުގައި، މުޣަލް އެމްޕެރަރ ބާބަރު ވަނީ ބޭނުންކުރައްވާފައެވެ.
ޖުޣުރާފީ
[އުނިއިތުރު ގެންނަވާ]އަފްޣާނިސްތާން އަކީ އެގައުމުގެ ވަށައިގެންވާ ގައުމުތަކާއި، ދީނީ ގޮތުންނާއި، ބަހުގެ ގޮތުންނާއި، ގައުމު އޮތް ތަނުގެ ގޮތުން ވަރަށް ބޮޑަށް ގުޅިފައިވާ ގައުމެކެވެ. އަފްޣާނިސްތާން ގެ ދެކުނާއި އިރުން އިންވެގެން އޮންނަނީ ޕާކިސްތާން އެވެ. ހުޅަގުން އޮންނަނީ އީރާން، ތުރުކީ، އަދި އުޒްބަކިސްތާން އެވެ. އުތުރުން އޮންނަނީ ތަޖިކިސްތާން އެވެ. އަދި އިރު އުތުރުން އޮންނަނީ ސީނުކަރަ އެވެ.
ތާރީޚު
[އުނިއިތުރު ގެންނަވާ]މިހާރުގެ އަފްޣާނިސްތާނު ވުޖޫދަށް އައިސްފައިވަނީ މީީލާދީން 1747 ގައި އަޙްމަދު ޝާހް ދުއްރާނީގެ ޤިޔާދަތުގައެވެ. އާސާރީ ހޯދުންތަކުން ދައްކާ ގޮތުގައި އަފްޣާނިސްތާނުގައި މީހުން ދިރިއުޅެން ފަށާފައިވާތާ މިހާރު އެތައް ހާސް އަހަރެއް ވެއްޖެއެވެ. އަފްޣާނިސްތާނު އޮތް މަޤާމުވެފައިވަނީ ތާރީޚީ ގޮތުން ބަލާއިރު ވަރަށް މުހިއްމު ސަރަޙައްދަކަށެވެ. އެއީ ހިންދު-ވިލާތީ ޙަޟާރަތުގެ ވަރަށް ގިނަ ކަންތައްތަކެއް މިބިމާ ގުޅިފައިވާ ކަމަށް ޓަކައި ވެސްމެއެވެ. ޢީސާއީ މީލާދުގެ 2000 އަހަރު ކުރީން ހިންދު-ވިލާތީ ބަހުން މޮށިއުޅުނު އާރިޔާއިން މި ސަރަޙައްދުގައި އުޅުނުކަމަށް ބެލެވިފައިވެއެވެ. އެހެން ނަމަވެސް އާރިޔާއިންނަކީ އަޞްލު އަފްޣާނިސްތާނުގެ ބައެއް ކަމަކަށް ބެލެވިފައެއް ނުވެއެވެ. އާރިޔާއިންގެ އަޞްލާމެދު ބެލެވިފައިވަނީ އެއީ، އަނަތޯލިޔާ ނުވަތަ ކުރުދިސްތާން ނުވަތަ މެދުތެރޭ އޭޝިޔާ ނުވަތަ އީރާން ނުވަތަ އުތުރު އިންޑިޔާ ކަމުގައެވެ. މީގެ ތެރެއިން ވެސް ބޮޑަށް ބެލެވިފައިވަނީ އާރިޔާއިންގެ އަޞްލަކީ އީރާން ކަމުގައެވެ. މެދު ޒަމާނުން ފެށިގެން 19 ވަނަ ޤަރުނާ ހަމަޔަށް އަފްޣާނިސްތާނަކީ ގްރޭޓަރ ޚުރާސާނުގެ ބައެކެވެ. މީލާދީން 18 ވަނަ ޤަރުނުގައި އަފްޣާނުން ކަންދަހާރަށް އެއްވެ، އަޙްމަދު ޝާހް ދުއްރާނީއަކީ އެމީހުންގެ ލީޑަރުކަމުގައި އިޚްތިޔާރު ކުރިއެވެ. އޮކްޓޯބަރު 1747 ގައި ރަސްކަމުގެ ތާޖު އަޙްމަދު ޝާހް ދުއްރާނީގެ އިސްތަށިފުޅުގައި އެޅުވުނެވެ. މީލާދީން 1751 ގައި އަޙްމަދު ޝާހް ދުއްރާނީ އާއި އޭނާގެ ލަޝްކަރު މިހާރުގެ މުޅި އަފްޣާނިސްތާނާއި ޕާކިސްތާނާއިި އީރާނުގެ ބައެއް ޝަހަރުތަކާއި ދިއްލީ ވެސް ފަތަޙަކުރިއެވެ.
ޑެމޮގްރަފިކްސް
[އުނިއިތުރު ގެންނަވާ]އަފްޣާނިސްތާނުގެ އާބާދީއަކީ މިހާރު 28 މިލިއަން މީހުން ކަމުގައި ވިޔަސް، 2050 ވަނަ އަހަރާ ހަމައިގައި އެ ޤައުމުގެ އާބާދީގައި 82 މިލިޔަން މީހުން ތިބޭނެކަމަށް ބެލެވިފައިވެއެވެ. އަފްޣާނިސްތާނުގެ އާބާދީގެ 42% އަކީ ޕަޝްތޫނީންނެވެ. 27% އަކީ ތަޖިކުންނެވެ. 9% އަކީ ހަޒާރާއިންނެވެ. 9% އަކީ އުޒްބެކުންނެވެ. 4% އަކީ އައިމަކުންނެވެ. 3% އަކީ ތުރުކުމަނުންނެވެ. 1% އަކީ ނޫރިސްތާނީީންނެވެ. 1% އަކީ ބަލޫޗީންނެވެ. 4% އަކީ އެހެން ނަސްލުތަކުގެ މީހުންނެވެ.
ސަގާފަތު
[އުނިއިތުރު ގެންނަވާ]އަފްޣާނިސްތާނަކީ ވަރަށް މުއްސަނދި ސަގާފަތެއް އޮތް ޤައުމެކެވެ. އަފްޣާން ރޮށްޓަކީ މުޅި މެދުތެރޭ އޭޝިޔާގައި ޚާއްޞަ ޤަދަރެއް ދެވިފައިިވާ މީރު ކާ އެއްޗެކެވެ.
އިޤްތިޞާދު
[އުނިއިތުރު ގެންނަވާ]ހަނގުރާމައިގެ ސަބަބުން އަފްޣާނިސްތާނުގެ އިޤްތިޞާދުވަނީ ވަރަށް ބޮޑަށް ވަޅު ޖަހާފައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 760 ޑޮލަރެވެ.
ރިފަރެންސް
[އުނިއިތުރު ގެންނަވާ]- ↑ "Afghanistan". The World Factbook. Central Intelligence Agency. 2007-12-13. Archived from the original on 1505892133. Retrieved 1259655285.
{{cite web}}
: Check date values in:|access-date=
and|archive-date=
(help); Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ "Afghanistan", CIA - The World Factbook 2007.
- ↑ ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ.
- ↑ 4.0 4.1 4.2 4.3 "Afghanistan". International Monetary Fund. Retrieved 2009-10-01.
އިތުރު ގުޅުންތައް
[އުނިއިތުރު ގެންނަވާ]- - Afghanistan Directory
- Afghan Information Website
- - Online dating Service for Afghans
- Afganistan Online News source.
- Afghanistan Entertainment center.
- Afgha.com - News, Discussions, and more about Afghanistan
- Daily reports from Kabul in Farsi
- Afghan LORD
- Afghanistan Service Center with daily news
- Afghanistan Information Management Service - provided by joint UN projects
- BBC News Country Profile - Afghanistan
- CIA World Factbook - Afghanistan
- US State Department - Afghanistan includes Background Notes, Country Study (1997), Rebuilding, USAID and NATO
- Open Directory Project - Afghanistan directory category
- Yahoo! - Afghanistan directory category
- 2002 UN map of Afghanistan (PDF)
- News Service latest News about Afghanistan, Discussion board
- Return to Afghanistan - A series of short films by the Washington Post on the New Afghanistan
- British Royal College for Defense Studies analyses and proposes a war in August 2001
- Geopium: Geopolitics of Illicit Drugs in Asia (Afghanistan and Burma)
- Development Gateway's Afghanistan Reconstruction Portal
- Afghanan Dot Net
- Afghanistan Portal
- Sabawoon Online
- Afghanistan Online
- Afghanistan Portal on The Indian Analyst Index of News, Analysis, and Opinion from many sources
- The Jews of Afghanistan
- AKDN
- Islam Way Online - Your Religion and Spirituality Portal Books written by the celebrated Afghan Scholar Mawlana Faizani
- American University of Afghanistan
ދެކުނު އޭޝިޔާގެ ސަރަޙައްދީ އެއްބާރުލުމާ ބެހޭ ޖަމިއްޔާ (ސާކް)
މެންބަރު ގައުމުތައް: އަފްޣާނިސްތާން | ބަންގާޅު | ބޫޓާން | ހިންދުސްތާން | ދިވެހިރާއްޖެ | ނޭޕާލް | ޕާކިސްތާން | އޮޅުދޫކަރަ
- Pages using the JsonConfig extension
- CS1 errors: unsupported parameter
- CS1 errors: dates
- Pages using infobox country with unknown parameters
- Pages using infobox country or infobox former country with the symbol caption or type parameters
- SAARC
- Afghanistan
- Central Asian countries
- Landlocked countries
- Middle Eastern countries
- Near Eastern countries
- SAARC members